އާޓިފިޝަލް އިންޓެލިޖެންސްގެ މައިދާނުގައި ދުނިޔޭގެ ގައުމުތައް ވާދަކުރަމުން އަންނައިރު، ޗައިނާ ވަނީ މި ރޮނގުން ގްލޯބަލް ލީޑަރެއްގެ ގޮތުގައި ފާހަގަވެފަ އެވެ. ޑީޕްސީކް އާއި އަލީބާބާ ފަދަ ކުންފުނިތަކުގެ އޭއައި ޕްރޮޑަކްޓްތައް ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު، ޗައިނާގެ ސްޓާޓްއަޕެއް ކަމަށްވާ މޮނިކާއިން ވަނީ އޭއައި އޭޖެންޓުންގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްފައެވެ.
މި ކުންފުނީގެ ބުނާ ގޮތުން، އެމީހުން ތައާރަފުކޮށްފައިވާ 'މޭނަސް' އަކީ، އަމިއްލައަށް ކަންކަން ނިންމައި، އަމިއްލައަށް މަސައްކަތްކުރާ، ދުނިޔޭގެ ފުރަތަމަ އޭއައި އޭޖެންޓެވެ. އާންމުކޮށް ބޭނުންކުރެވޭ ޗެޓްބޮޓްތަކާ ހިލާފަށް، މޭނަސްއަށް އިންސާނުންގެ ވަރަށް ކުޑަ އިރުޝާދަކުން، އުނދަގޫ އަދި ގިނަ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މޭނަސް އޭއައި އަކީ ހަމައެކަނި ކޯޑެއް ނޫނެވެ. މިއީ ތިބާގެ ޑިޖިޓަލް މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ، ވިސްނުންތޫނު، އަދި އަބަދުވެސް ތަރައްގީވަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް އެޖެންޓެކެވެ. މޭނަސް ޓީމުން އުފައްދާފައިވާ މި އާ ފަންނިއްޔާތަކީ، ތިބާގެ އާދައިގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލަށް، ކުރިން ދުވަހަކުވެސް ނުފެންނަ ފަސޭހަތަކެއް ގެނެސްދިނުމަށް އުފަންވެފައިވާ އުންމީދެކެވެ.
މޭނަސް އަކީ މައުލޫމާތު އެއްކުރުމާއި، އެ މައުލޫމާތު ފުންކޮށް ދިރާސާކޮށް ތަޙްލީލުކުރުމުގެ އާދަޔާ ހިލާފު ގާބިލުކަމެއް ލިބިފައިވާ އެޖެންޓެކެވެ. ތާރީހީ ހާދިސާތަކުން ފެށިގެން، ސައިންޓިފިކް ރިސާޗްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް، އެއްކޮށް، ތަރުތީބުކޮށް އަދި އެންމެ ފަސޭހައިން ވިސްނޭނެ ގޮތަށް ހުށަހެޅުމުގެ ގާބިލުކަން މޭނަސް އަށް ލިބިގެންވެއެވެ. ދިގު، ރިޕޯޓުތަކާއި، އެތައް ސަފްހާއެއްގެ ލިޔުންތައް އެކުލަވާލުމަކީ މޭނަސްއަށް ވަރަށް ފަސޭހަ ކަމެކެވެ. އެހެންކަމުން، ދަރިވަރުންނަށާއި، ދިރާސާކުރާ ފަރާތްތަކަށާއި، އަދި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހަކަށްވެސް މަނަސް ވެގެންދާނީ އަގުހުރި އެހީތެރިއަކަށެވެ.
ޓެކްނޮލޮޖީގެ އާ އުސްމިންތަކަށް ވާސިލުވަމުންދާއިރު، މޭނަސް އިން ތިބާގެ އުފެއްދުންތެރި ހިޔާލުތައް ހަގީގަތަކަށް ހަދައި، ތަންފީޒުކުރުމަށް އެހީތެރިވެދެއެވެ. ޒަމާނީ، ވެބްސައިޓްތައް ފަރުމާކުރުމާއި، ބޭނުންތެރި އެޕްލިކޭޝަންތައް ތަރައްގީކުރުމުގެ ގާބިލުކަން މި އޭއައި އަށް ލިބިގެންވެއެވެ. ހަމައެކަނި ފަރުމާކުރުމެއް ނޫނެވެ. އެ ތަކެތި ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބޭނުންކުރެވޭނެ ފެންވަރަށް ގެނެސްދިނުމަކީވެސް މޭނަސްގެ ފަރިތަކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން، ޕްރޮގްރާމިންގގެ އެކި ބަސްތައް ބޭނުންކޮށްގެން، ތަފާތު ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި މޭނަސްއަކީ ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެއެވެ. ކޯޑިންގއާ ބީރައްޓެހި މީހަކަށްވިޔަސް، ނުވަތަ ތަޖުރިބާކާރު ޑިވެލޮޕަރަކަށްވިޔަސް، މޭނަސްގެ އެހީތެރިކަމާއެކު، ޓެކްނިކަލް ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެއެވެ.
ދުވަހެއް ދުވަހަކަށް އަވަސްވަމުން އަންނަ މި ޒަމާނުގައި، ވަގުތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެކެވެ. މެނަސް އިން ތިބާގެ އަގުހުރި ވަގުތު ސަލާމަތްކޮށްދީ، މަސައްކަތްތައް އޮޓޮމެޓިކުން ހަމަޖެއްސުމަށް އެހީތެރިވެދެއެވެ. މިސާލަކަށް، ދަތުރެއްގެ ބުކިންގް ހެދުމާއި، އޮންލައިންކޮށް އެއްޗެތި ގަތުމާއި، މުހިންމު ބައްދަލުވުންތައް ތާވަލުކުރުން ފަދަ ކަންކަމުގައި، މޭނަސްއަށް ތިބާގެ ފަރާތުން ޒިންމާ ނެގިދާނެއެވެ. މިއީ ހަމައެކަނި ފަސޭހައެއް ނޫނެވެ. މިއީ ތިބާގެ އުފެއްދުންތެރިކަމާއި، މުހިންމު އެހެން ކަންކަމަށް ސަމާލުކަންދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
މޭނަސް: މުސްތަގުބަލުގެ އޭއައި، ތިބާގެ ޑިޖިޓަލް އެހީތެރިޔާ! މޭނަސް: މުސްތަގުބަލުގެ އޭއައި، ތިބާގެ ޑިޖިޓަލް އެހީތެރިޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ