ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓް ދޭނެ އެ ޕާޓީގެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފިއެވެ.
މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވެރިރަށް މާލޭގެ އިތުރުން ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ގުރައިދޫ، މާފުށި އަދި ގުޅީ ގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް ގެންދިޔައެވެ.
މި ޕްރައިމަރީގައި ޝާޒްގެ އިތުރުން މުހައްމަދު މުސްތަފާ އަދި ސަލްމާން ރަޝީދު އެވެ. މި ޕްރައިމަރީ ޝާޒް ކާމިޔާބު ކުރީ 311 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމަރީގައި މުސްތަފާއަށް 66 ވޯޓު ލިބުނު އިރު ސަލްމާނަށް ލިބުނީ 190 ވޯޓެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.
ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ