ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ނަންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އާންމުކޮށްފިއެވެ.ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ހުޅުވާލީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.1. އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ2. ލިއުޝާދު އަބްދުއްސައްތާރު / ހިޔާ، ހދ. ނޮޅިވަރަން3. ހައްމާދު ނަސީމް އަލީ / ނާރެސް، ގދ. ފިޔޯރީ4. މުހައްމަދު މިންހާޖް / ހިރިލަންދޫގެ، ސ. ފޭދޫ5. ފާތިމަތު ނަބާހާ / ޝާދީވިލާ، ގދ. ފިޔޯރީ6. އާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ. ފުވައްމުލައް7. އާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ. ވައިކަރަދޫ8.އަބްދުލްމުހުސިން އަބްދުލްހަކީމް / އާކުރި، ގއ. ނިލަންދޫ9. ފާތިމަތު ސައީދު / ގެދަރުގެ، ސ. ފޭދޫ10. ހަސަން ޝަމާމް / ކޮށިތެރޭގެ، ހއ. އިހަވަންދޫ11. އަހްމަދު ނައުފަލް / ޝިފާނާވިލާ، ކ. މާލެ12. އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބޭފުޅުންތަކެއް ކުރިމަތި ލައްވާފައިވާއިރު އެ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.އެ މަގާމަށް ހުޅުވާލީ ކުރީން އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސް ކުރެއްވުމާއި ގުޅިގެންނެވެ. އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީންގެ މައްސަލަވެސް ބެއްލެވި ގާޒީ ޝަކީލް، ކުއްލި ގޮތަކަށް ހައިކޯޓަށް ބަދަލު ވުމުގެ ފުރުސަތު ދެއްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ ކޯޓް މިހާރު ހިންގަވަނީ ގާޒީ އާދަމް މުހައްމަދެވެ.ކްރިމިނަލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3،300 ރުފިޔާ ދެ އެވެ. އަދި މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތުގެ މަތިން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ