ދުވަހުގެ މޫސުން: އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ރަނގަޅު

އިއްޔެއެކޭވެސް އެއްގޮތަށްް މިިއަދުވެސް އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ."ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށާއި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ބަންގާޅު ކަނޑުން މިދިޔަ ހޯމަދުވަހު ފާހަގަވި ތޫފާނީ ސެޓަޕް ފުރިހަމަވެ ތޫފާން “ސިތުރަންގް” އުފެދުނު ނަމަވެސް، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ބަންގާޅު ކަނޑުގެ ޓެނައްސެރިމް ކޯސްޓުން އުފެދުނު ތޫފާނީ ސެޓަޕް މިހާރު ވަނީ އިންޑިއާގެ އަންދްރަޕްރަދޭޝްގެ އުތުރުން، އޮޑީޝާގެ ދެކުނު ކޯސްޓާއި ގާތަށް ދަތުރުކޮށްފައެވެ. މި ތޫފާނީ ސެޓަޕް ފުރިހަމަވެ، ތޫފާން "ސިތުރަންގް" އުފެދިދާނެ ކަމަށް އިންޑިއާގައި ހުންނަ މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހުކުރު ދުވަހާ ހަމައަށް ރާއްޖެއަށް ކުރި ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރަ އަލިވެފައި ވާތީ، އިދާރާތަކުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީތައްވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
މިމަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ފާއިތުވި ދެ ހަފުތާގައި ފުލުފުލުގައި މޫސުމީ ސަމާލުތައް ނެރުނު ނަމަވެސް 7 ވަނަ ދުވަހުން ފެށިގެން އެ ފަދަ ސަމާލެއް ނެރެފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ