ދިވެހިރާއްޖޭގެ ދިފާއީ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން އޮސްޓްރޭލިއާ އާއި އެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ، އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖެސަޕް، މިނިސްޓަރ އޮފް ޑިފެންސް ހަސަން ރަޝީދުގެ އަރިއަހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ދިފާއީ ދާއިރާ ކުރިއެރުވުމަށް އޮސްޓްރޭލިޔާއިން ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމަށްޓަކައި ޑިފެންސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މީގެއިތުރުން، ދެ ގައުމުން އިސްކަންދޭ ސަލާމަތީ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދޭދޭ ގުޅުން އިތުރަށް ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދިފާއީ ދާއިރާ ކުރިއެރުވުމާއި ގުޅޭ ގޮތުން އޮސްޓްރޭލިއާ އާއިއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ