ޑީޖޭއޭގެ ދެ ޑިރެކްޓާ ޖެނެރަލުން ސަސްޕެންޑްކޮށްފި
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑްކޮށްފި އެވެ. މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވަނީ ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީ އެވެ. މި މީހުންނަކީ، ދާދި ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާގެ އަރިސް ދެ މީހުންނެވެ. ދެ މީހުންވެސް ޝަރުއީ ދާއިރާގެ ވަޒީފާއާ ގުޅުނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އަމްޖަދު އައްޔަން ކުރެއްވި ފަހުންނެވެ.އަމްޖަދު، ޗީފު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އައްޔަންވުމަށް ފަހު، އިދާރާގެ އިސް ދެ މަގާމަށް ގެނައި ޒަކަރިއްޔާ އަދި އަހްމަދު ސަސްޕެންޑް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.ޒަކަރިއްޔާއަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ އެވެ. އޭނާއަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ.އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު ޗީފް ޖުޑިޝަލް އެޑްމިނިސްޓާގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ