ބަންކަރިން ޚިދުމަތުން ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ: ސައީދު

ބަންކަރިން ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި ސެޕްޓެމްބަރު 2024ގައި ބަންކަރިން ޚިދުމަތް ފެށިއިރު، އެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބުޖެއްސެވިއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން ސައީދު ވިދާޅުވީ، މިދިޔަ މަހުގެ ނިޔަލަށް އެ ޚިދުމަތުން ޖުމްލަ 923.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: ސައީދު ވިދާޅުވީ، އެ ޚިދުމަތުން ބިލިއަނެއްހާ ރުފިޔާ ލިބިއްޖެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް ދެ އަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަ ބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައީދު ވިދާޅުވީ، ބަންކަރިންއަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ތެލަކީ ރާއްޖެއަށް އަލަށް ގެންނަ ތެޔޮ ކަމަށެވެ. އެ މަސައްކަތް މީގެކުރިން ވެސް ކުރީ، ސްރީލަންކާއާއި އަވައްޓެރި އެހެނިހެން ގައުމުތަކާ ގުޅިގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސައީދު މިއަދު ހިއްސާކުރެއްވީ، މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހިއްސާކުރެއްވި އަދަދުތަކާ ބަލާއިރު، ބޮޑު އިތުރުވުމެކެވެ. އޭރު ވިދާޅުވީ، މާރިޗް މަހުގެ ނިޔަލަށް ލިބިފައިވަނީ 730 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އޭޕްރިލް މަހުގެ ތެރޭގައި އެކަނި ވެސް 193 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. https://sun.mv/220319 ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ބަންކަރިން ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަދަ ބައެއް ބޭފުޅުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ