ސިފައިންގެ ފެމިލީ އެސޯސިއޭޝަންއިން އިސްނަގައިގެން ކުރިއަށްގެންދާ ސިފަމާ ފަން ރަން 2026ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ރަންއަކީ، ޤައުމީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް އޮތީ، ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ރަން ފުރަތަމަ ބޭއްވީ ސިފައިންގެ އާއިލާތަކަށް ކަމަށެވެ. އެހެން ނަމަވަވެސް މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބެލުމަށްފަހު، މިއަހަރު ކުރިއަށް ގެންދިޔައީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. މިދިޔަ އަހަރު މި ރަންގައި 400 މީހުން ބައިވެރިވެފައިވާއިރު، މި އަހަރުގެ ރަންގައި 1050 މީހުން ބައިވެރިވެފައިވާކަން އެމްއެންޑީއެފްއިން ފާހަގަކުރެއްވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި އަހަރުގެ ރަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވުމަކީ، ލިބުނު ޝަރަފެއް ކަމަށެވެ. "ސިފަމާ ފަން ރަން 2026"ގެ ޓެން ކޭ ރަން މިއަދު ހެނދުނު ބާއްވާފައިވާއިރު، ހަވީރު ބާއްވާފައިވަނީ ފައިވް ކޭ ރަންއެވެ.
ސިފަމާއަކީ، ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި ގުޅުންހުރި މުހިންމު މަޤުޞަދުތަކެއް ހާސިލްކުރުމަށް ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ ތަމްސީލު ކުރަނީ، ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ އެކުވެރި، ބަދަހި ޢާއިލާތަކެވެ.
ސިފަމާ ފަން ރަންގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ