ރާއްޖެއިން ލިބެންހުރި ހުރިހާ ބޭހެއް އެއް ފާމަސީއަކުން ލިބޭނެ ގޮތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ދަށުން ހިންގަމުން އަންނަ ބޭސްފިހާރަތަކާއި، އަސާސީ ބޭސް ގެނައުން ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ބަދަލުކުރެވިގެން ދާނެކަމަށް، ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑައިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ބޭހުގެ މައްސަލައިގައި މަޝްވަރާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޑރ.ޝާހް މާހިރު ވިދާޅުވީ، މިވަގުތު ބޭހުގެ ކަންތަކުގަ ދައުލަތުގެ ދެކުންފުންޏަކުން މަސައްކަތް ކުރަމުން އަންނަކަމުގައި ވިޔަސް، ބޭހުގެ ކޮމްޕޯނެންޓް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަކަމަށެވެ.
އެގޮތުން، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުތައް އަންނާނެ ކަމަށާއި، އޭގެ ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި އެކު ކުރެވޭ މަސައްކަތުގެ ތެރެއިން އެސްޓީއޯގެ ބޭސްފިހާރަތައް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، އެސްޓީއޯގެ ބޭސް ފިހާރަތައް އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެންނައިރު، މިހާރު މާކެޓްގައި އޮތް އުނދަގުލަކަށް އިތުރު އުނދަގޫތަކެއް ނައިސް ބަދަލުކުރުމުގެ ތެރޭގައި ބޭސް ލިބޭނެ ގޮތް ގާއިމްކުރުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމާއެކު، ބަދަލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށް ވެސް ޑރ. ޝާހް ވިދާޅުވިއެވެ.
މީގެ އިތުރުން، އެސްޓީއޯގެ ބޭސްފިހާރަތައް ސްޓޭޓް ފާމަސޫޓިކަލް އަށް ބަދަލުކުރުމުގެ ކުރިން، އަންނަ ހަފްތާގައި، ސްޓޭޓް ފާމަސޫޓިކަލްގެ ބޭސްފިހާރައެއް އައިޖީއެމްއެޗްގައި ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.
ޖުލައި މަހުންފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކާއި އަސާސީ ބޭސް ގެނައުން ސްޓޭޓްފާމާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ