މެދުކަނޑާލައިފާ މެއި، ޖޫން އިމްތިހާނުގައި ބައިވެރިވުމަށް އެދި އަމިއްލަ ގޮތުން 1،229 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިޙާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމެވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ގޮތަށް ނިންމެވީ، އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ، ފާއިތުވި އަހަރުތަކުގައި މެދުކަނޑާލާފައިވާ އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ދަރިވަރުންނަށް އެޑެކްސެލް އޭ ލެވެލް އިމްތިޙާނު މިއަހަރުގެ މޭއި ޖޫންގައި އަލުން ބޭއްވުމަށް ހަމަޖެހުމާއި ގުޅިގެން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެއި، ޖޫން އިމްތިހާނުގައި އަމިއްލަގޮތުން ބައިވެރިވުމަށް އެދި 1229 ދަރިވަރުން ފޯމު ހުށަހަޅާފާއިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދު ފިޔަވައި އިމްތިހާނުގައި ބައިވެރިވުމަށް އެދި އެންމެ ގިނައިން އެޕްލިކޭޝަން ހުށަހަޅާފައިވަނީ، ސ. ހިތަދޫއިންނެވެ. ހިތަދޫއިން އެކަނިވެސް 147 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
ގްރޭޓަރ މާލެ: 916
ހއ.އިހަވަންދޫ: 15
ހދ.ކުޅުދުއްފުށި: 11
ށ.މިލަންދޫ: 17
ރ.މީދޫ : 2
ބ. އޭދަފުށި: 23
ޅ.ނައިފަރު: 14
ފ. ނިލަންދޫ: 12
ދ. ކުޑަހުވަދޫ: 2
ލ. ގަން: 25
ގދ. ތިނަދޫ: 18
ޏ. ފުވައްމުލައް: 27
ސ. ހިތަދޫ: 147
އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ، އޮކްޓޫބަރު/ނޮވެމްބަރު މަހު ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ބަދަލާއެކު އަމިއްލަ ގޮތުން އިމްތިޙާނު ހަދާ ފަރާތްތަކަށް މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މެއި/ޖޫން އިމްތިޚާނަށް އަމިއްލަގޮތުން 1،229 އެޕްލިކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ