ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވީޑިއޯ ފޫޓޭޖަކާއެކު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވީޑިއޯ އިން ފެންނަ މީހާ އަކީ، ފުލުހުންނަށް ހުށަހެޅި ބަލަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވެ، އަދި މިހާތަނަށް ކާކުކަން ދެގަނެވިފައިވާ ނުވާ މީހެއް ކަމަށެވެ.
ވުމާއެކު، މި މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހޭންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ