ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބާއެކު ޕިޕީއެމްގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) އާ ގުޅިއްޖެއެވެ.
ޣާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ.
އެމްޑީޕީއާ ގުޅުނުކަން ހާމަކުރައްވައި ޣާލިބު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ޕީޕީއެމްގައި އޭނާއާއެކު މަސައްކަތްކުރި އެކުވެރިންތަކެއް ވެސް އެމްޑީޕީ އަށް ސޮއިކޮށްފައިވާ ކަމަށެވެ.
މިއީ އަދިފެށުމެއް ކަމަށާއި ވަށަފަރާއި ކެލާ ދާއިރާއިން އެމްޑީޕީއަށް އިތުރު އެތައް މެންބަރުންނެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ލީޑަރުންނަކީ ހަމައެކަނި ބަސް ބުނާ ބައެއް ނޫން ކަމަށާއި ކަންކޮށް ނަތީޖާ ދައްކާ ބައެއް ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް ގެންދަވަނީ ވެވަޑައިގެންފައިވާ ވައުދުފުުޅުތައް ފުއްދަވަމުން ކަމަށް ވެސް ޣާލިބު ވިދާޅުވިއެވެ.
ޕީޕީއެމް އާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް ނެތްކަމަށް ވިދާޅުވެ، ޣާލިބު ޕީޕީއެމް އިން ވަކިވެފައިވަނީ މި ޖޫން މަހުގެ 10ވަނަ ދުވަހުއެވެ.
ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ