އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 2 އިން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ހުޅުމާލޭގެ ފޭސް 2ގައި ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހޮނިހިރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަސައްކަތަކީ ހުޅުމާލޭގެ ފޭސް2ގައި ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ފޭސް 2ގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ހޮނިހިރު ދުވަހު ހިޔާ ޓަވަރު 1 އިން 8 އަށް ހެނދުނު 10:00 އިން 12:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ. އަދި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހޮނިހިރު ދުވަހު ފޭސް 2އިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ