ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މައިލޯ އިންޓަ ސްކޫލް ވޮލީ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އިންޓަ ސްކޫލް ވޮލީ މުބާރާތުގައި 420 ކުދިން ބައިވެރިވެފައެވެ. އެގޮތުން މިފަހަރުގެ މުބާރާތަކީ މިހާތަނަށް ސްކޫލް މުބާރާތެއްގައި ވޮލީގައި އެންމެ ގިނަ ކުޅުންތެރިން ވާދަކުރި މުބާރާތްކަމަށް ވީއޭއެމް އިން ބުނެއެވެ.
މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ ތާޖުއްދީން ސްކޫލެވެ. އަދި ތިންވަނަ ހޯދީ މުހިއްދީން ސްކޫލެވެ. އަންހެން ބައިގެ ޗެމްޕިއަންކަންވެސް ބ.ގޮއިދޫ ސްކޫލް ހޯދިއިރު، ދެވަނަ ހޯދީ މުހިއްދީން ސްކޫލެވެ. އަދި ތިންވަނަ ހޯދީ ތާޖުއްދީން ސްކޫލެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަންވެސް ފ.އަތޮޅު ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ ކެޔޮދޫ ސްކޫލުންނެވެ. އަދި ތިންވަނަ ހޯދީ ތާޖުއްދީން ސްކޫލުންނެވެ. އަންހެން ބައިގެ ބ.ގޮއިދޫ ސްކޫލުން ހޯދިއިރު، ދެވަނަ ހޯދީ ތާޖުއްދީންއެވެ. އަދި ތިންވަނަ ހޯދީ މުހިއްދީން ސްކޫލެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ދެވަނަ ހޯދީ ސީއެޗްއެސްއީއެވެ. އަދި ތިންވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު، ދެވަނަ ހޯދީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލެވެ. އަދި ތިންވަނަ ހޯދީ ސީއެޗްއެސްއީއެވެ.
މުބާރާތުގައި ފަސް އަތޮޅަކުން 8 ޓީމު ވާދަކުރިއެވެ. އެއީ ބ.ގޮއިދޫ ސްކޫލްގެ ތިން ޓީމު، ކ.މާފުށި ސްކޫލުން އެއް ޓީމު، ތ.މަޑިފުށި ސްކޫލުން އެއް ޓީމު، ވ.ކެޔޮދޫ ސްކޫލުން އެއް ޓީމު އަދި ފާފު އަތޮޅު ސްކޫލެވެ. މުބާރާތުގައި ޖުމްލަ 15 ސްކޫލަކުން 35 ޓީމު ބައިވެރިވިއެވެ.
ރެކޯޑު އަދަދަކަށް ކުދިން ބައިވެރިވި އިންޓަ ސްކޫލް ވޮލީބޯލް މުބާރާތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ