ހައްޖުގެ އަޅުކަމަށް ފަހު، އެނބުރި ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން މިއަދު އެދިއްޖެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ޖުމްލަ 1،019 މީހުން ދިޔަ އެވެ. އެ މީހުން އަންނަން ފަށާނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
އެޗްޕީއޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފަ އެވެ.
އޭގެ ތެރޭގައި؛
- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
- ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން
- ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން
- ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން
- ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން ނުދިއުން
- ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނޫޅުން
- އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން
ހުން އައިސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވޭނެ ފަރުވާ
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން
ހައްޖުގެ އަޅުކަމަށް ފަހު، ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ