ިމިއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެނެރޭޓަރު ފޮނުވައިފި

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކަރަންޓު ލިބުމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަރުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 21 ރަށަކަށް ޖެނެރޭޓަރު ފޮނުވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު އަފީފް ހުސެއިން ވިދާޅުވީ، މި އަހަރު ތެރޭގައި އެކި ސައިޒުގެ ފަސް ޖެނަރޭޓަރު ސެޓްގެ ގެނެސްފައިވާ ކަމަށާއި، އެއީ 250 ކިލޯވޯޓުން ފެށިގެން ގޮސް 1.2 މެގަވޯޓުގެ ޖެނަރޭޓަރުތައް ކަމަށެވެ. އަދި މި ޖަނަރޭޓަރުތައް ބޭނުންވާ ރަށްތަކަށް އެންމެ އިސްކަން ދީގެން ފޮނުވުމުގެ މަސައްްކަތް ކުރަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ