ބަންދާއިމެދު ގޮތް ނިންމާ މަޖިލީސް ފަސްކޮށްދިނުމަށް ރައީސް މައުމޫން އެދިވަޑައިގެންފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ބަންދާއިމެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރާއިރު، ވަކީލަކާއިއެކު ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބަންދާއިމެދު ގޮތް ނިންމާ މަޖިލީސް ފަސްކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންފައިވަނީ މިއަދު އެމަނިކުފާނު ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް އަރީފަށް އެޑްރެސްކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް، މިއަދު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ފުލުހުންގެ ފަރާތުން އަންގާފައިވާކަމަށެވެ.
ތަފްސީލް އަންނަނީ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ