މި މަހު "ފިނި މޫސުން" ގެނެވޭތޯ އެބަ ބަލަން: ހައުސިން

ރަސްރަނި ބަގީޗާގައި ވިންޓާ ކޯނާއެއް ހަދައި، މި މަހުގެ ތެރޭގައި އެތަނަށް "ފިނި މޫސުން" ގެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކޮށްފައިވާއިރު، އެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މި އަހަރުގެ އޯގަސްޓް މަހު، އެ ޕާކު ހުޅުއްވައި ދެއްވަމުން ރައީސް ޔާމީން ވަނީ ރަސްރަނި ބަގީޗާގައި އަލަށް ހަދާ ވިންޓާ ކޯނާއާ އެކު، ރާއްޖޭގައި ވެސް ފިނި މޫސުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު އެ ދުވަހު ވިދާޅުވެފައި ވަނީ "މި ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ އަށް ފިނި މޫސުން" އަންނާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ ވިންޓާ ކޯނާގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމޭތޯ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ ތާރީޚަށް މަސައްކަތް ނިންމޭނެ ކަމުގެ ޔަގީން ކަމެއް ނުދެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ސްނޯގެ އިހުސާސް ކުރެވި، ކުޑަކުދިންނަށް އައިސް ސްކޭޓް ކުރެވޭނެ ގޮތަށް ވިންޓާ ކޯނާ ހަދަން ނިންމާފައިވަނީ، ޕާކުގައި ކުރިން ކަޅުވަކަރު މިސްކިތް ހުރި ތަނުގަ އެވެ. އެ ސަރަހައްދު މިހާރު ހުންނަނީ ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފަ އެވެ.
ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އެ ޕާކު ހުޅުވާފައިވަނީ ވަރަށް ބޮޑެތި ބަދަލުތަކަކާއެކު އެވެ.
December gai Raajje ah ves "fini moosun" annaane: Raees Yameen
Mihaaru
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއްތަނަކީ ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ހަދާފައި ހުންނަ "ރަސްރަނި ވިއު" ކިޔާ ތަނެކެވެ. މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް ކިޔެވޭ ގޮތަށް ކްލާސްރޫމުތަކަކާއި ކުރެހުމުގެ ހުނަރު ދައްކާލުމަށް އާޓް ޑެކެއް ހަދާފައި ހުރެ އެވެ.
މީގެ އިތުރުން ވެސް ދެބުރިއަކަށް ވާގޮތަށް ހުންނަ ބޮޑު ފެންއަރުވާ ވަޑާމަކާއި ޓްރީ ހައުސް ބްރިޖެއް އަދި ޕާކުގެ ފެހިކަން ފެންނަ ގްރީން ޓަނަލަކާއި ވާޓިކަލް ބަގީޗާއެއް ވެސް މިތަނުގައި އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ