ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަނުމާއި އެކު އަލީ ހަމީދު ފެއްޓެވީ ޤުރުއާން ކިޔަވަން

މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަނުމާއި އެކު ފަނޑިޔާރު އަލީ ހަމީދު ކީރިތި ޤުރުއާން ކިޔަވަން ފެއްޓެވީ ކީރިތި ޤުރުއާން ކިޔަވަން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެއޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓަށް ވަންނަން ދެފަނޑިޔާރުން ދެކޮޅު ހެއްދެވިއެވެ.
ނަމަވެސް ދެފަނޑިޔާރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނެވުމުގައި ގަދަ ބާރުން ފުލުހުން އެބޭފުޅުންގެ ހަށުކޮޅުގައި އަތް ނުލާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އަލީ ހަމީދު ފެއްޓެވީ ކީރިތި ޤުރުއާން ކިޔަވަން. ފުލުހުންނާއި ސިފައިން ދެއްކެވި އެއްވެސް ވާހަކައެއް އަލީ ހަމީދު އަޑެއް ނާއްސަވާ." މައުލޫމާތު ދިން މީހާ ބުންޏެވެ.
ދެފަނޑިޔާރުން ހައްޔަރު ކުރިއިރު ދެބޭފުޅުން ތިއްބެވީ ދެބޭފުޅުންގެ ކޮޓަރިކޮޅުތަކުގައެވެ.
އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމެވެ.
އަލީ ހަމީދާއި ދެކޮޅަށް ފުލުހުން މިހާރު ވަނީ ގިނަ ހެކިތަކެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ