ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް ޑރ ޖަމީލްއާއި އުމަރު ނަސީރު

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރގެ މަޤާމަށް ރައީސް  ޔާމިންގެ  ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި، ޔާމިން  ސަރުކާރުގެ  ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަފައިފިއެވެ.
ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހީމް ހޮނިހިރު ދުވަހުގެ ރޭ ފޯނުން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖަމީލާއި އުމަރު މިހާރު ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރައްވާފައިވާ ކަމުގައެވެ.
ޖަމީލާއި އުމަރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރިއިރު، އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ  ޑިސެމްބަރ މަހުއެވެ. ޑރ ޖަމީލު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީ  މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ޑރ ޖަމީލު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި އިރު އޭނާއާއި އެކު ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި ޑިފެންސްގެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި އެމްއެންޑީއެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ ޝާހު މާހިރު ވެސް ވަނީ ޖުމްހޫރީ ޕަޓީއާއި ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ