ސަރުކާރުން ރައްޔިތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން - ރައްޒާގް

މި ސަރުކާރުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ސްޕޯޓްސް ކޯއޮޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާގް ވިދާޅުވެއްޖެއެވެ. ރައްޒާގް މިހެން ވިދާޅުވީ ދަމަނަވެއްޓާއި ދަމާސް ގުޅިގެން ދަމާސްގެ މުވައްޒަފުންނަށް ހިންގާ ހެލްތް ސްކްރީން ޕްރޮގްރާމެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހަށިރައްކާގެ ނަމުގައި ދަމަނަވެށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސްޕޯޓްސް ކޯއޮޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާގް ވިދާޅުވީ މުޖުތަމަޢުގައި ފަރުދީ ފެންވަރުގައި އަބަދުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ވާހަކަތަކެއް ދެކެވޭ ކަމަށާ، ނަމަވެސް އަމަލީ ގޮތުން މިފަދަ ޕްރޮގްރާމެއް އެއްވެސް ކުންފުންޏަކުން މިހާތަނަށް ހިންގާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ ދަމާސްގެ ފަރާތުން އިސްނަގައިގެން ސަރުކާރުގެ މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކާ، މިފަދަ ހަރަކާތެއް ފެއްޓެވީތީ އެ ކުންފުންޏަށް ޝުކުރު އަދާކުރާކަމަށެވެ.އޭނާ ވިދާޅުވީ ސަރުކާރުން ކުރައްވާ މިފަދަ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ. މި ރަސްމިއްޔާތުގައި ދަމަނަވެށީގެ ފަރާތުން ވާކަދައްކަމުން ޑރ.އަބްދުލް އަޒީޒް ހަމީދު ވިދާޅުވީ މިފަދަ ސްކްރީންއެއްގެ ސަބަބުން ވަޒީފާގެ މާހައުލުގައިއުޅޭ މުވައްޒަފުންގެ ދުޅަހެޔޮކަމާ، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެން މަސައްކަތް ކުރާނަމަ ސަލާމްބުނާ މިންވަރު މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި ސްކްރީން ނިމިގެންދާއިރު މައިގަނޑު ގޮތެއްގައި ބަލާލާ ގިނަ ކަންތައްތަކަށް ޑރ.އަބްދުލް އަޒީޒްގެ ވާހަކައިގަ އަލިއަޅުވާލެއްވިއެވެ.މި ޕްރޮގޮރާމްއަކީ ދުޅަހެޔޮ ސިއްޙަތެއްގައި، ގިނައިރު މަސައްކަތުގައި ހަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ބިނާ ކުރުމަށްޓަކާ، ދަމާސް އާއި ދަމަނަވެއްޓާ ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގެރާމްގެ ތެރެއިން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މަޢުލޫމާތު ދަމާސްގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެއެވެ. މި ރަސްމިއްޔާތުގައި ދަމާސް ކުންފުނީގެ އިސްވެރިންނާ، ދަމަނަވެށީގެ މުވައްޒަފުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ