ތަރައްގީ ގެނެވޭނީ 2018 ގައި ރައީސް ޔާމީން އިންތިޚާބުކޮށްގެން

ގައުމު ބޭނުންވާ ތަރައްގީ ގެނެވޭނީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރ މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.ޗެނަލް ތާޓީންގެ ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރ މުހައްމަދު އިސްމާޢީލް ވިދާޅުވީ ގައުމު ދެކެން ބޭނުންވާ ތަރައްގީ ގެނައުމުގައި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކޮށްގެން ނޫނީ ގައުމު ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަމަށް މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަރައްގީގެ އިތުރުން މިސަރުކާރަކީ ރައްޔިތުންނަށް އަޅާލާ، ސަރުކާރެއް ކަމަށް. އެގޮތުން ހުސްނުވާ އާސަންދައާއި އުމުރުން ދުވަސްވީ މީހުންނަށް މިސަރުކާރުން ބޮޑު އިނާޔަތެއް ދެމުންދާކަން މުހައްމަދު ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާޢީލް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ގައުމުގެ އިސްތިގުލާލާއި، އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކޮށްގެން ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލަށް ގެއްލުން ދިނުމަށް އެކި ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރުވެސް އިދިކޮޅު ފަރާތްތަކުން އަތްޖަހަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެމީގެއިތުރުން މުހައްމަދު ވިދާޅުވީ ގައުމުގައި ރަނގަޅު ޖީލެއް ބިނާކުރުމަށް އެދޭނަމަ ފުރަތަމަ ވެސް ޒުވާނުންނަށް ރަނގަޅު ތައުލީމެއް ދޭންޖެހޭ ކަމަށެވެ. އެމަސައްކަތް ވެސް މިސަރުކާރުން ކުރަމުން ގެންދަނީ މީގެކުރީގެ ސަރުކާރު ތަކުން ނުކުރާހާ ބާރު މިނުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގައުމުގެ ކަންކަން އިސްލާހުކޮށް، މުސްތަގުބަލުގައި ގައުމު ހިންގުމުގައި ތިބޭނީ މިއަދުގެ ޒުވާން ޖީލު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ