އެޗްޑީސީއިން ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލް އަންނަ އަހަރު މެދުތެރޭގައި ހުޅުވަނީ

ހުޅުމާލޭ ނެއިބަރ ހުޑް ވަން ސަރަހައްދުގައި އިމާރާތްކުރަމުންދާ ސްކޫލުގެ މަސައްކަތް ނިމި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ހުޅުވާނެ ކަމަށް ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ޕޮރޮޖެކްޓު ޑިރެކްޓަރ ނަވާޒު ޝަހުގީ ވިދާޅުވެއްޖެއެވެ.ހުޅުމާލޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޗެނަލް ތާރޓީން އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ޕޮރޮޖެކްޓު ޑައިރެކްޓަރ ނަވާޒު ޝަހުގީ ވިދާޅުވީ ނެއިބަރހުޑް އެކެއްގައި އިމާރާތް ކުރެވިގެންދާ ސްކޫލުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ބާރަ އާއި ހަމައަށް ކިޔެވޭނެ ކަމަށެވެ. އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓަރީއަކާއެކު ގާއިމްކުރާ މިސްކޫލަކީ ހުޅުމާލޭގައި މިވަގުތު ހުރި ޖާގައިގެ ގޮތުން އެންމެ ބޮޑު އަދި އެންމެ ބޮޑު ހޯލެއް ހިމެނޭ ހަމަ އެކަނި ސްކޫލުކަމަށް ނަވާޒު ވިދާޅުވިއެވެ. ޖުމްލަ ސޯޅާހާސް އަށްޑިހަ ކުދިންގެ ޖާގައިގެ މި ސްކޫލު އިމާރާތް ކުރަން ފެށީ މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބަށް ނިއްމާލެވޭ ވަރުވާނޭ ކަމަށް ނަވާޒު ވިދާޅުވިއެވެ.މި ސްކޫލުވެގެން ދާނީ މުޅި ހުޅުމާލޭގައިވެސް ގާއިމްކުރެވޭ ތަފާތު އަދި ޒަމާނީ ވަސީލަތްތަކާއެކު ހުޅުވިގެންދާނެ ސްކޫލެއްކަމަށް ނަވާޒު ވިދާޅުވިއެވެ. ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނަކީ ހުޅުމާލޭގޭ ތަރައްގީ ކުރުމުގެ ބުރަ މަސައްކަތަކެއް ކުރަމުންދާއިރު، ހުޅުމާލެއަކީ ސާފްތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އެކި ކަހަލަ ހޭލުންތެރި ކަމާއި އިޖްތިމާއީ ގޮތުންވެސް ތަފާތު އެކި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ