"ދި އިންޑިޕެންޑެންޓް"އިން ހޮވާ ގްރީން އެވޯޑަށް ރައީސް ހޮވިވަޑައިގެންފި

19:00އިނގިރޭސިވިލާތުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ "ދި އިންޑިޕެންޑެންޓް"އިން އަހަރަކު އެއްފަހަރު ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހޮވިވަޑައިގެންފި އެވެ.ތަފާތު 14 ދާއިރާއަކުންދޭ މި އެވޯޑްގައި ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފައި ވަނީ "އެންމެ ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ސިޔާސީ ލީޑަރު" މި ބައިން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.ގްރީން އެވޯޑް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އިޢްލާންކޮށް "ދި އިންޑިޕެންޑެންޓް"ގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާ ލީޑަރުން މަދު ކަމަށާއި، އެހެން ނަމަވެސް، މި މަސައްކަތްޕުޅުގައި އެންމެ ކުރީގައި ހުންނެވި ލީޑަރަކީ، ރައީސް ނަޝީދުކަން ފާހަގަކޮށްފައިވެ އެވެ.ރައީސުލްޖުމްހޫރިއްޔާ ކޯޕަންހޭގަންގައި ކުރެއްވި މަސައްކަތްޕުޅުގެ އިތުރުން، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް "ދި އިންޑިޕެންޑަންޓް"އިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ