ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތަށް ރަޖިސްޓަރީ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގޭގެޔަށްގޮސް މަޢުލޫމާތު ހޯދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންއިން ބަޔާނެއް މެދުވެރިކޮށް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގޭގެޔަށްގޮސް މަޢުލޫމާތު ހޯދާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ބަޔާނުގައި ވާގޮތުން، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ އެއްވެސް މުވައްޒަފެއް މާލެ ސިޓީގެ ގޭގެއަށް ޒިޔާރަތްކޮށް ރަޖިސްޓަރީ ކުރާގޮތަށް ހަމަޖެހިފައެވެ ނުވެއެވެ.
އަދި މާލޭގައިނަމަ ރިޖިސްޓްރީ ކުރެވޭނެ ތަންތަންވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެއީ މާލޭގައި ރެޖިސްޓްރޭޝަންގެ މައި މަރުކަޒުކަމުގައިވާ ކުރީގެ ގޯޑައުން ހިންގި އިމާރާތާއި ރާޅުގަނޑު ސަރަހައްދުގައި ހުންނަ އެ ކޮމިޝަންގެ ޓެންޓާއި ހުޅުމާލޭ ގާޒީ ސްކޫލްގެ ކޮމޮން ފްލޯ އަދި ވިލިމާލޭގައި މަސްވެރިކަމުގެ ތަމްރީނުދޭ މަރުކަޒު ކަމަށް އެކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގޭގެޔަށްގޮސް މަޢުލޫމާތު ހޯދާ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ