އާޖެންޓީނާގެ ރައީސާ ކްރިސްޓީނާ ފާނަންޑޭޒަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

އާޖެންޓީނާގައި ބޭއްވި އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައި އާޖެންޓީނާގެ ރައީސާ ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ކްރިސްޓީނާ ފާނަންޑޭޒަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ކްރިސްޓީނާ ފާނަންޑޭޒަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި އެކަމަނާގެ މި ކާމިޔާބީއަކީ އާޖެންޓީނާ ރައްޔިތުންގެ ހިތްތަކުގައި އެކަމަނާއަށް އޮތް ފުރިހަމަ އިތުބާރުގެ ރަމްޒެއް ކަމުގައި ވިދާޅުވެ، އެކަމަނާގެ ވެރިކަމުގައި އާޖެންޓީނާއަށް ސުލްޙަވެރިކަމާ އިތުރު ފާގަތިކަން ލިބެމުންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ މެސެޖުގައި، ރާއްޖެ އާއި އާޖެންޓީނާއާ ދެގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ