ސަބްސިޑީއަށް ކުރި ހަރަދު 45 އިންސައްތަ އިތުރުވެއްޖެ

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަބްސިޑީއާއި އެހީގެ ގޮތުގައި ޖުމްލަ 5.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ އިތުރުން، އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި މިއަހަރު ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ދޫކުރި 640 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ