ބޮޑު އީދު ކުޅިވަރުތަކުގެ ތެރެއިން ކުޅުދުއްފުށީގައި ކުޅެމުން އަންނަ 'ދަމުހިނގުމުގެ' ކުޅިވަރު ވިއްސާރަވުމުން މާދަމާ ރެއަށް ފަސްކޮށްފި އެވެ.
ސިޓީ ކައުންސިލުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރެއަށް ދަމުހިނގުން ފަސްކުރެވިފައިވާ ކަމަށެވެ. މިއަދު ހަވީރުން ފެށިގެން ކުޅުދުއްފުއްޓަށް އަންނަނީ ވާރޭވެހެމުންނެވެ.
ދަމުހިނގުމުގެ ކުޅިވަރަކީ އީދު ކުޅިވަރުތައް ނިމުންކަން އަންގައިދިނުމުގެ ގޮތުން އީދުގެ އެންމެފަހު ރޭ އޮންނަ ކުޅިވަރެކެވެ.
100 އަހަރަށްވުރެ ގިނަ ދުވަސްވީ މި ކުޅިވަރަކީ ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތުގެ ތެރެއިން އެންމެ ހާއްސަ ކުޅިވަރެވެ. މި ކުޅިވަރު ފެންނާނީ ހަމައެކަނި ކުޅުދުއްފުށިންނެވެ. ބެރުވެރިން ބެރު ޖަހަމުން ވަކި ގޮތަކަށް ކޮރެއް އެއްލަމުން ވަށްބުރަކަށް އެންބުރެމުންދާއި ބެރުވެރިންގެ ވަށައިގެން ވަކި ހާއްސަ މާލިތަކެއް ވަކިގޮތަކަށް ނަށަމުންގެންދާ ކުޅިވަރެކެވެ.
ވިއްސާރަވުމުން ދަމުހިނގުމުގެ ކުޅިވަރު މާދަމާ ރެއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ