ކުރިއަށް އޮތް ދެދުވަހު ވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް ) އިން އިލްތިމާސް ކޮށްފި އެވެ.
މޫސުމާބެހޭ މައުލޫމާތު ހާމަ ކުރަމުން މެޓުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު، އެންމެ އުތުރުން، ހއ. އަތޮޅުން ފަށައިގެން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، މާލެއިން ފަށައިގެން އުތުރުގެ ހިސާބުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭއިރު، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ކަނޑުތަކާއި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރު ރޭވުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވާތީ، އެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކާ އަދި ކައުންސިލް ތަކުން، އެކަމަށް ދުރާލާ ތައްޔާރުވެ، ތިބުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ