އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި 20 ސްކޫލަކުން ބައިވެރިވެއްޖެ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ޖުމްލަ 20 ސްކޫލަކުން ބައިވެރިވެއްޖެ އެވެ.
މާދަމާއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި އަތޮޅުތަކުން ޖުމްލަ އަށް ސުކޫލް ބައިވެރިވިއިރު، މާލެއިން ބައިވެރިވެފައި ވަނީ ޖުމްލަ 12 ސުކޫލަކުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ އޯޕަން އިވެންޓުގެ އުމުރުފުރާތައް ބެހިފައި ވަނީ ހަތަރު ބަޔަަކަށް ކަމަށާއި އެއީ 12 އަހަރުންދަށުގެ ސިންގަލް އާއި 14 އަހަރުންދަށުގެ ސިންގަލްސް އަދި ޑަބަލްސް އާއި 16 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އާއި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އެވެ.
މީގެ އިތުރުން މުބާރާތުގެ ޓީމް އިވެންޓުގެ ބައިގައި ޖުމްލަ 18 ސްކޫލަކުން ބައިވެރިވެފައި ވާއިރު، ޓީމް އިވެންޓުގެ އުމުރު ފުރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެބައިތަކަކީ 14 އަހަރުން ދަށުގެ އަންހެން ފިރިހެން ބަޔާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އުމުރުފުރާ ކަމަށް ވެސް ބެޑްމިންޑަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ