ގުރައިދޫ ރައްޔިތުން ހިނިތުންވުމާއި އެކު ބުނެލީ "މެޑަމް އަށް ހާސް ފަށުން ޝުކުރިއްޔާ!"

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް "އެންމެ ގާތުން" ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާގެ ތިންވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ގުރައިދޫ އަށް ވަޑައިގެންފިއެވެ.
މެޑަމް ފާތުމަތު އިބްރާހިމް މިއަދު ތ.އަތޮޅަށް މި ފެއްޓެވި ދަތުރުފުޅުގައި ގުރައިދޫ އަށް ވަޑައިގަތުމުން ރަށުގެ އިސްރަށްވެހިންނާއި ޒުވާނުންނާ އަދި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެމްބަރުންގެ އިތުރުން ރަށުގެ ކުދި ބޮޑު އެންމެން ރަށުގެ ބަނދަރު ސަރަހައްދަށް ނިކުމެ އެކަމަނާ އަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން މަރުޙަބާގެ ލަވަޔާ އަދި ނެށުމުގެ ޙަރަކާތްތައްވަނީ ދައްކާލާފައެވެ.
މެޑަމް ވަޑައިގަތް ކޮންމެ ރަށަކުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މެޑަމް ފާތުން ގުރައިދޫއަށް މި ކުރެއްވި ދަތުރުފުޅުގައި އެކަމަނާވަނީ ރަށުގައި ތިބި އިސް ރަށްވެހިންނާ ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކުގެ އާއިލާތަކާ ރަށުގެ ޒުވާނުންނާ ކަނބަލުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ޔާމިން ގެ ކެމްޕެއިން ކޯ ޓީމް އާ ވެސް މެޑަމް ބައްދަލު ކުރެއްވިއެވެ.
ތ.އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ގުރައިދޫ ގައި މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްދާއިރު އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދުނީ ރަށުގެ ބަނދަރު ރަގަޅު ފެންވަރަކަށް ހަދައި ދިނުމަށެވެ. މީގެ އިތުރުން މި ސަރުކާރުގައި ރަށުގައި ބޭންކް ގެ ޚިދުމަތް ދޭން ފަށާފައިވާތީ ޕީޕީއެމް އަށް ބޮޑު ތާއިދެއް އޮންނަ ގުރައިދޫ ރައްޔިތުން ހިނިތުންވުމާއި އެކު ބުނެލީ މެޑަމް އަށް ހާސް ފަށުން ޝުކުރިއްޔާ! އެވެ. އަދި ގުރައިދޫ ގެ ހީވާގި ކަނބަލުން އަދިވެސް އެރަށަށް ވަޑައިގަތުމަށް އެދި މެޑަމް އަށް ދައުވަތު އެރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ