ކުއްލި ޚަބަރު: ޑައިވިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނީ، އދ. މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށެވެ.
އަދި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފާވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ބެހޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ