ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާ އުފުލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދިއްޖެ އެވެ.
އޭސީސީން މިއަދު ބުނީ އެ މައްސަލައިގައި ދައުވާ އުފުލައިދޭން އެދުނީ ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.
Zikura misskiy havaalukuree bimuge registry ves nethi
Mihaaru
މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 9، 2018، ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.
ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ގޮތާ ގުޅޭ ގޮތުން "މިހާރު"އަށް ލިބިފައިވާ ލިއުންތަކުގައިވާ ގޮތުން، ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށެވެ. ޒިކުރާ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކުރި ކަމަށް އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލަތަކުގައި ވެސް ވެ އެވެ.
ފަހުން އެކަން ވަނީ އޮޑިޓް ރިޕޯޓުން ވެސް ހާމަވެފަ އެވެ. އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތްއިރު މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމައެއް ނުވެ އެވެ.
ވަގުފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަމަޖައްސާފައި އޮތަސް އެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހެޅި މި މައްސަލައިގައިވެ އެވެ. އޭސީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ޒިކުރާ މިސްކިތް އެސްޖޭއަށް ހަވާލުކުރި ގޮތުގެ މައްސަލަ ހުށަހެޅި އެވެ.
Zikuraa miskithuge corruption massala majileehah!
Mihaaru
މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ މަޝްރޫއުގެ ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލިން 24 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުން ބުނާގޮތުން، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ.
މިނިސްޓްރީ އަށް ލިބޭތިން ފްލޯ ބޭނުން ކުރާގޮތަށް އޮތީ މިސްކިތުގެ ގޮތުގަ އެވެ. އިކުއިޓީގެ ގޮތުގައި މިނިސްޓްރީން ދެއްކި 30 މިލިއަން ވެސް އެންމެ އަވަހަށް ލިބޭނީ 13 އަހަރު ފަހުން ކަމަށް ރިޕޯޓުގައިވެ އެވެ.
އިކުއިޓީ ފައިސާ ހޯދަން ކޮންޓްރެކްޓަރު ފޮނުވި ސިޓީގައި ވެސް މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
އެކަމަކު ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
SJ construction ah badhalu dhinumuge massala court in beyrun hallu kuranee
Mihaaru
ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހެޅި މި މައްސަލަ ޝަރީއަތުން ބޭރުން ހައްލުކުރަން ދައުލަތުން ވަނީ އެދިފަ އެވެ. އެކަމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވެެސް އެއްބަސްވެ އިސްލާމިކް މިނިސްޓްރިއާ އެކު ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަޝްވަރާއާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ޒިކުރާ މިސްކިތުގެ ކޮރަޕްޝަން މައްސަލައިގައި ކުރީގެ މިނިސްޓަރު ޒިޔާދަށް ދައުވާކޮށްދޭން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ