ރޭގެ ވަރަށް ލަސްވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށެވެ.
ސޯޝަލްމީޑިއާގައި އަޑު ފެތުރޭ ގޮތުން އަނިލް ސްޕްރީމްކޯޓަށް ވެދެވަޑައިގަތީ އޯކިޑްމަގުގައި ހުންނަ ބޮޑުދޮރާށީންނެވެ. މޭޖަރ ޖެނެރަލް ޝިޔާމް ވަދެވަޑައިގަތީ މާރުކޭޓާއި ދިމާލު ގޭޓަކުންނެވެ.
މިދިޔަ މާޗްމަހު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ އެއް ދުވަސްކުރިން އަހުމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވިކަމަށް ބުނާ ވާހަކަތަކެއްވެސް ފެތުރި އެ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން ވަނީ ބަޔާނެއް ނެރެފައެވެ.
ޝިޔާމް ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައެއް ނުވޭ: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ