ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް މެކުހަށް ޖަހައި އަތޮޅުތެރެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގޭގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ސައިފޮދުގައި ބައިވެރިވެވަޑައިގެން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ އެހެނިހެން ސިޔާސީ ޕާޓީތަކާއި މަޖިލިސް މެންބަރުން ގުޅިގެން ދެން އެންމެ އިސްކަމެއް ދޭނެ މަސައްކަތަކީ، މިމަހުގެ 24 ވަނަދުވަހު އޮންނަ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް މައްސަލައިގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހިނގާނެ. އަޅުގަނޑުމެންގެ އަތޮޅު ތެރޭގަ ދަތުރުތައްވެސް މި ފަށަނީ" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޕާޓީގެ ޖަލްސާތައް ދެން ބާއްވާނެއެވެ. އަދި އެޕާޓީގެ މަޖިލިސް މެންބަރުން ހިމެނޭ ގޮތުން ވަފުދުތައް އަތޮޅުތެރެއަށް ޒިޔާރަތްކޮށް 2018 ގެ ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދާނެއެވެ.
އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތައް ފެށުމަށް ނިންމާ އެކަން އިއުލާން ކުރިއިރު، އެޕާޓީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އެމްޑީޕީން 2018 ގެ ކެމްޕްއިން ތަދުރުތައް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ