އއ. އުކުޅަހު ސްކޫލް ގްރޭޑް 8ގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރުންތަކެއް "ޖިންނި މޮޔަވުމުގެ" މައްސަލާގައި މިއަދު ވެސް އެ ސްކޫލްގެ ކިޔެވުން މިއަދު ވެސް ބަންދުކޮށްފި އެވެ.
އުކުޅަހު ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ އެ ރަށު ސްކޫލްގެ ކިޔެވުން މިއަދު ވެސް ބަންދުކުރުމަށް ނިންމީ އެ ސްކޫލްގެ ގްރޭޑް8 ގައި ކިޔަވަމުން ދިޔަ 10 ކުއްޖަކަށް "ޖިންނި ބަލި" ޖެހިގެން އިއްޔެ ސްކޫލް ތެރޭގައި އުފެދުނު ނުތަނަވަސް ކަމާ ގުޅިގެން ސްކޫލްގެ ބޯޑާއި މެނޭޖްމަންޓުން ރޭ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އަލުން ސްކޫލްގެ ކިޔެވުން ފެށުމާ މެދު ގޮތެއް ނިންމާނީ ބެލެނިވެރިންނާ ސްކޫލްގެ އިސް ފަރާތްތަކާ އެކު މަޝްވަަރާކުރުމަށް ފަހު ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ޖިންނީންގެ ކަމެއް ކަމަށް މިވަނީ، އެ ކުދިން ރަނގަޅުވާ ކޮޅެއް އަދިވެސް ނުފެނޭ، އެހާސްކަމުގެ ތެރޭގައި އަދިވެސް މިއޮތީ އެހެންވެ ތަކުރާރުކޮށް އެކަން ކުރިއަށް ދާތީ ސްކޫލުން ބައްދަލުވުމެއް ބާއްވާފައި ނިންމީ ކިޔެވުން މިއަދު ނުބާއްވާ ގޮތަށް،" ފިރާގު ވިދާޅުވި އެވެ.
އުޅުޅަކު ސްކޫލުގެ އަންހެން ކުދިންތަކެއް "ޖިންނި މޮޔަވެގެން" އުޅޭތާ ދެ ހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށް އިއްޔެ ސްކޫލްގައި އެ ކުދިން ކިޔަވަން ތިއްބާ އެކުދިންތައް ބޮލަށް އެނބުރުން އަރާ ހޭނެތޭ މައްސަލަ ދިމާވާން ފެށުމާ އެ ރަށުގައި އުޅޭ ފަންޑިތަ ހަދާ ދެ މީހަކު ލައްވާ ވަނީ ކިޔަވަން ފަށިފަ އެވެ. ނަމަވެސް އެ ކުދިންގެ ހާލު އަދިވެސް މުޅިން ރަނގަޅު ނުވާ ކަމަށް ފިރާގު ވިދާޅުވި އެވެ.
އެ ސްކޫލްގައި ކިޔަވަމުން ދިޔަ އަންހެން ކުދިންތަކަކަށް އެހެން ދިމާވީ އެ ސްކޫލްގެ ގޯތި ތެރޭގައި ހުރި ކަނީރު ގަހަކަށް ގޯނާކޮށްގެން ކަމަށް ފަންޑިތަ ހެދި މީހާއަ ހަވާލާދީ ރަށު ކައުންސިލުން ނާއި ސްކޫލުން ވަނީ ބުނެފަ އެވެ.
މީގެކުރިން ވެސް މިފަދަ ހާދިސާއެއް 2008 ވަނަ އަހަރު ހދ. މަކުނުދޫ ސްކޫލްގައި އަދި އޭގެ ފަހުން ނ.މިލަދޫ ސްކޫލްގައި ވަނީ ހިނގާފަ އެވެ.
ދަރިވަރުން "ޖިންނި މޮޔަވި" މައްސަލާގައި އުކުޅަސް ސްކޫލް މިއަދު ވެސް ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ