ގާސިމް ފިއްލަވައިގެން އުޅުއްވާ ކަމަށް ކަރެކްޝަންސް އިން ބުނިި ބުނުން ޖޭޕީ އިން ކުށްވެރިކޮށްފި

ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފިޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އުޅުއްވަނީ ފިއްލަވއިގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނި ބުނުން ޖުމްހޫރީ ޕާޓީ އިން ކުށްވެރިކޮށްފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖެޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވި ގޮތުގައި ގާސިމް ރާއްޖެއަށް އެނބުރި އައުމަށް ދަތިތަކާއި ކުރިމަތިވެފައި ވަނީ ކީއްވެގެން ކަން ކަރެކްޝަންސަށް ވާނީ އަންގައިފައެވެ. އަދި ގާސިމްގެ ޞިއްޙީ ޙާލަު ހުރި ނެތް ގޮތާއި ޑޮކްޓަރުންގެ ލިޔުންތައް ވެސް ކަރެކްޝަންސްއަށް ޤަވާއިދުން ފޮނުވައިފައި ވާނޭ ކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.
އަދި މިގެ އިތުރުން ގާސިމް އެނބުރި އަންނަން މަސައްކަތް ކުރެއްވި ނަމަވެސް ސިމްގަޕޯރް އެއަރލައިންސް އިން ގާސިމަކީ ދަތުރު ކުރެވެ ވަރަށް ވުރެ ބަލި މީހެއް ކަމަށް ކަނޑައަލައި ފްލައިޓަށް އެރުވުމަށް ދެކޮޅު ހަދައިފައިވާ ކަން ވެސް ސަމިރު ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެން ކަމުން ގާސިމް އުޅުއްވަނީ ފިއްލައިގެންނޭ ބުނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ ސަމީރު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ގާސިމް ބަލި އެނދުގައި އޮންނަވނިކޮށް އެމަނކުފާނުގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.. އަދި މިހުކުމާއި އެކު އެމަނިކުފާނަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބިގަތުމަށްޓަކައި ބޭރަށް ފޮނުވުމަށް ވެސް އެކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެން ކަމުން ގާސިމްގެ ބެސްފަރުވާއަށް އެކަށީގެންވާ މުއްދަތެއް ދިނުމަކީ ކަރެކްޝަންސްގެ މައްޗަށް ލާޒިމް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ