ތައިލެންޑުގެ މުއާން ތޮން ޔުނައިޓެޑު އަތުން ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބު ބަލިވެއްޖެ

19:00އޭއެފްސީ ކަޕުގައި ތައިލެންޑުގެ މުއާން ތޮން ޔުނައިޓެޑު އަތުން ތިނެއް އެކަކުން ރާއްޖޭގެ ވީބީ ސްޕޯޓްސް ކްލަބު ބަލިވެއްޖެ އެވެ.މެޗުގެ ފުރަތަމަ ލަނޑުޖަހައި މުއާން ތޮން ޔުނައިޓެޑުން ކުރި ހޯދާފައިވަނިކޮށް ވީބީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. މުއާން ތޮންގުން މެޗުގެ ކުރި ހޯދީ ފަހު ހާފުގައި ވީބީ ކޮޅަށް ދެ ލަނޑުޖަހައިގެންނެވެ. މި މެޗުގައިވެސް ވީބީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކުރި އެވެ. މި މެޗުގައި ވީބީގެ ޒުވާން ޑިފެންޑަރު މުހައްމަދު އުމައިރަށް ލިބުނު އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންޖެހުނެވެ.މިއީ މިފަހަރުގެ އޭއެފްސީ ކަޕުގައި ވީބީ ބަލިވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ