ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ނަން ފޮނުއްވާފައިވާ މައުމޫން ހަމީދާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް މިނިވަން މިއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.
ކޮމެޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވީ މައުމޫނާއި މެދު އާއްމުން ދެކޭގޮތް ހުށައެޅުމަށް އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އާއި ހަމަށް ހުޅުވާލެވިފައިވާކަމަށާއި އަދި މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށްވެސް އާންމުން ދެކޭގޮތް ހުށައެޅުމުގެ އިންތިޒާމް މިހާރު ހަމަޖައްސަމުން ދާކަމަށެވެ.
މައުމޫން ހަމީދާ މެދު އާންމުން ފޮނުވާ ކޮމެންޓްތައް ނާޖާއިޒް ގޮތުގައި ބޭނުން ކޮށްފާނެތީ އެއްވެސް ކޮމެންޓެއް މަޖިލީހުގެ ވެބްސައިޓުން އާންމުންނަށް ނުފެންނާނެ ކަމަށާއި އެ ކޮމެންޓުތައް ސީދާ ހިއްސާ ކުރާނީ ކޮމިޓީގެ މެމްބަރުންނާކަމަށެވެ. އަދި އާންމުންގެ ސުވާލުތަކާ ގުޅޭ ގޮތުން ކޮމިޓީގައި މައުމޫން ހަމީދު މެދުވެރިކޮށް ޖަވާބު ހޯދާނެކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ޕީޖީގެ މަޤާމަށް 5 ބޭފުޅަކު ކުރިމަތި ލައްވާފައިވާއިރު އެމަޤާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މައުމޫނު ހަމީދުގެ ނަންފުޅު ފޮނުވާފައިވާއިރު މައުމޫނު ހަމީދަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މީގެއިތުރުން ކޮމެޓީން މިއަދު ވަނީ ސްޕީކާސް ކޮންފަރެންސާއި ބަޖެޓް ގެ ކަންތައް މަޖިލީހުގައި ކުރިއަށްދާތީ މިނިވަން މުއައްސަސާތަކުގެ ހުސްވެފައިވާ މަޤާމްތަކަށް އަންޔަން ކުރައްވާނެ ބޭފުޅުންނާއި އިންޓަވިއުކުރުން ފަސްކުރުމަށްވެސް ނިންމާފައެވެ
އާންމުން މައުމޫން ހަމީދާ މެދު ދެކޭގޮތް ބަލަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ