ކެނަބިހުގެ ދައުވާ ޖާބިރުގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ދައުވާ ޖާބިރުގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު މިހުކުމްކުރީ ހދ. ހޮޑައިދޫގައި ނޮވެމްބަރު 2012 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖާބިރާއި އިތުރު ބަޔަކު ހައްޔަރު ކުރުމަށްފަހު އެ ރަށް ބަލާ ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައިގައި ދައުލަތުން އުފުލި ދައުވާއަކާއި ގުޅިގެންނެވެ.
މިހުކުމް މިއަދު ކުރިއިރު މިހާރު ވެސް ޖާބިރު ހުންނެވީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާލޭ ޖަލުގައި ހައްޔަރުކުރެވިފަ އެވެ އެއީ ހޮޑައިދޫ އޮޕަރޭޝަނުގައި އޭނާގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުމުން ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހެދުމުން އިއްވާފައިވާ ހުކުމެކެވެ. މިހުކްމް ޖާބިރުގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ކެނަބިހުން މުއާމަލާތް ކުރި ކަމުގެ ކުށް ސާބިތުވިނަމަ 15 އަހަރުގެ ޖަލު ހުކުމަކާ އެކު 25،000ރ. އިން ފެށިގެން 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ހުކުމެއް ޖާބިރުގެ މައްޗަށް އަންނާނެ އެވެ. އަދި މިހުކުމާއެކު ޖާބިރަށް މެންބަރުކަން ގެއްލުނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ