ބަންގްލަދޭޝްގައި މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ.
2017 ވަނަ އަހަރު ހިނގި މި ހާދިސާ ބަންގްލަދޭޝް ސިފައިން އޭރު ތަހުގީގު ކުރުމަށް ފަހު ރައުދާ މަރުވީ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. އަދި ރައުދާގެ އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާ ގޮތުގައި އޭނާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ދިޔައީ އޭނާ މަރާލީ ކަމަށާއި އެއީ ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް އެދި 2019 ވަނަ އަހަރު ވަނީ ރައުދާގެ ބައްފަ އެމައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ބެލުމަށްފަހު އިއްޔެ ކޯޓުން އަމުރުކުރީ ރައުދާގެ ބައްޕަ އެދުނު ގޮތަށް ރައުދާގެ މަރުގެ މައްސަލަ ފުލުހުން އަލުން ތަހުގީގުކުރުމަށެވެ.
ރައުދާގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ކޯޓުން އަމުރުކުރުމާއި ގުޅިގެން ރައުދާގެ ބައްޕަގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅި ވަކީލު ބަންގްލަދޭޝްގެ މީޑިއާއަށް ވިދާޅުވީ ރައުދާ ދަން ޖެހުނީ ފަންކާގައި ޝޯލެއް އަޅުވައިގެން ކަމަށްވާނަމަ ފަންކާއަށް ވެސް ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ރައުދާ ދަންޖެހިފައި ހުއްޓައި ފެނުމުން އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަށާއި ނަމަވެސް ދޮރު ހަލާކުކޮށްލައިގެން ވަދެ ރައުދާގެ ހަށިގަނޑު ފަންކާއިން ނައްޓާލިނަމަ ދޮރު ހަލާކުވީސްކަމަށެވެ. އެކަމުގެ ނިޝާނެއް ފެންނަށް ނެތްކަމަށެވެ. މަދުވެގެން 40 ކިލޯގެ މީހަކު ފަންކާގައި ތަޅުވާނަމަ ފަންކާގައި ވެސް ނިޝާނެއް ހުންނާނެކަމަށް ވަލީކް ވިދާޅުވިއެވެ.
ވަކީލް ވިދާޅުވީ، މި ހުރިހާ ކަމެއް ޓެސްޓުން ހޯދިދާނެކަމަށެވެ. އަލުން ރައުދާގެ މަރުގެ މައްސަލަ ބެލުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރީ އެ ހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ވަކީލް ވިދާޅުވިއެވެ.
ރައުދާ އާތިފް 2017ވަނަ އަހަރު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކޮށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ފޮނުވާފައެވެ. މިކަމާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުވެސް ނިމުނީ ބަންގްލަދޭޝް ސިފައިން ކުރިން މައްސަލަ ނިންމި ގޮތަށެވެ.
ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ