ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އުމަރު ނަސީރަށް ތާއިދު ކުރާ ފަރާތްތަކުން ވޯޓުލާން ޖެހޭ ފަރާތް އެފަރާތްތަކަށް ދައްކާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ސިޔާސީ ބޮޑު މަންޒަރުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ވެސް އުމަރު ފެންނާނެ ކަމަށެވެ. އަދި އެގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ. އުމަރު ވިދާޅުވީ އޭނާ ތައިދު ކުރައްވާނީ ކޮން ކެންޑިޑޭޓެއްކަން ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އަދި ޕީޕީއެމްގެ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށް ތާއިދު ކުރެއްވުމަށް ނިންމަވާފައި ވެސް ނުވާނެ ކަމަށެވެ.
"އަދި އަޅުގަނޑު ތާއީދެއް ނުކުރާނަން، ޔާމީން އަދި ކްލީންއެއް ނޫން، އެހެން މިދެންނެވީ މުޅިން ވެސް ކައިރިވަމުން އެގެންދަވަނީ ކޮރަޕްޓް މީހުންނާއި، ކައިރީގައި އެބަ ތިބި ކޮރަޕްޝަންގެ ދެ ހުކުމު އައިސްފައި ތިބި މީހުން. ޔާމީނަށް ވެސް ތާއިދު ކުރާނަން، ދައުލަތުގެ ހަޒާނާގައި ނުޖެހޭނެ ފަދަ ޓީމެއް ގެންނަ ދުވަހަކުން،" އުމަރު ވިދާޅުވިއެވެ.
އުމަރާއި މެދު އަޅާނެ ފިޔަވަޅެއް ސުލޫކީ ކޮމިޓީންވަނީ ނިންމާފައެވެ. ނަމަވެސް އަދި ރަސްމީކޮށް އެކަން ހާމަކޮށްފައެއް ނުވެއެވެ.
ޕްރައިމަރީއަށްފަހު ޔާމީނާ އެކު ޕީޕީއެމްގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވާ އިރު އުމަރު ގެންދަވަނީ ޔާމީނަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.
އިންތިހާބުގައި ވޯޓުދޭން ޖެހޭ ފަރާތް އަޅުގަނޑު ސަޕޯޓަރުންނަށް ނެރެ ދައްކާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ