ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން އިދިކޮޅު އެމްޑީޕީ ބަލި ކުރެވޭނީ ރިޔާސީ ޕްރައިމަރީ އުމަރު ނަސީރަށް ކާމިޔާބު ކުރެވިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. 
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރަށް ކެންޕޭން ކޮށްދޭނެ ވޮލަންޓިއަރުން ހޯދަން ރޭ ބޭއްވި ހަފުލާގައި އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާއި ވާދަކޮށް ކާމިޔާބު ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 
"ސިޔާސީ މަސްރަހު ބަދަލުވާ ގޮތުން ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީތަކާއެކު ޕީޕީއެމުން ކޯލިޝަން ހެދުމަކީ މުހިންމު ކަމެއް. ޕީޕީއެމްއަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދޭނީ ޔާމީންގެ ބަދަލުގައި އަޅުގަނޑުގެ ރިޔާސީ ކެނޑިޑޭޓަކަށްވެގެން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ގިނަ ޕާޓީތަކަކީ އޭނާއާ ގާތްގުޅުމެއް އޮތް ޕާޓީތައް ކަމަށާ ޔާމީންނަށް އެ ޕާޓީތަކާއެކު ކޯލިޝަން ހެއްދެވުމަށްވުރެ އޭނާއަށް އެ ޕާޓީތަކާއެކު ކޯލިޝަން ހަދަން ފަސޭހަ ވާނެ ކަމަށެވެ. 
އުމަރު ނަސީރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާއިރު އޭނާއަށް ޕާޓީގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތާޢީދު ނެތްކަމަށް ދެކެވޭ ވާހަކަތަކަށް އުމަރު ވިދާޅުވީ އެކަން ޤަބޫލު ކުރައްވާ ކަމަށާއި "އަޅުގަނޑަކީ ޕާޓީގެ އެންމެ އާދައިގެ މެންބަރުންގެ ކެނޑިޑޭޓް" ކަމަށެވެ. އަދި އެހެން ބޭފުޅުންނާއި ޚިލާފަށް އޭނާއަކީ އެންމެ އާދައިގެ މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ މީހެއް ކަމަށާ އެކަން މިހާތަނަށް ދައްކައިދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ނަސީރުގެ ކެންޕޭންގައި ވޮލަންޓަރީކޮށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ރާނބާ ރެސްޓޯރެންޓްގައި ބޭއްވި ބައްދަލުވުމުގައި އުމަރު ވިދާޅުވީ ޕްރައިމަރީގެ ކުރިން އޭނާއަށް ކެންޕޭންކޮށްދޭނެ 300 ވޮލަންޓިއަރުން ހޯދުމަކީ އަމާޒެއް ކަމަށެވެ.
    
    އެމްޑީޕީ ބަލި ކުރެވޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އަޅުގަނޑު ވެގެން: އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            