މޫސުން ގޯސްވެ ވިލިމާލެ ފެރީތައް ކެންސަލްކޮށް ހުޅުމާލެ ފެރީތަށް ހުޅުލެއަށް ބަދަލުކޮށްފި

20:46 އެމްޓީސީސީންބުނީ މޫސުމް ގޯސްވުމުގެ ސަބަބުން ވިލިމާލޭ ފެރީގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށާއި ވިލިމާލެއަށް މިހާރު މީހުން އުފުލަމުން ގެންދަނީ ލޯންޗްގައި ކަމުގައެވެ. އަދި ހުޅުމާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފެރީތައް މިހާރު ހުޅުލެއަށް މިހާރު ބަދަލުކޮށް ހުޅުލެއިން ބަހުގައި ހުޅުމާލެއަށް މީހުން އުފުލަމުންދާކަމަށް އެމްޓީސީސީންވަނީ ބުނެފައެވެ.
20:00 ވިލިމާލެ ފެރީ ޓާމިނަލުގައި ވެސް 100 އަށްވުރެ ގިނަ މީހުންނަށް މާލެ ނާދެވިފައި ތިބި ކަމަށް ބުނެފި
19:48 އަންހެނުންނާއި ކުޑަކުދިން ގެންދަނީ ލޯންޗުގައި ކަމަށް ބުނެފި
19:47 ފެރީގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުމަށް ދަނީ އިރުޝާދު ދެމުން
19:46 ދެ ފެރީއެއް ކައިރިކޮށް މީހުން ގޮވައިގެން ފުރަން ތައްޔާރުވެއްޖެ
19:42 ބައެއް މީހުން ހިތްހަމަނުޖެހިގެން އަޑު ގަދަކުރަން ފަށައިފި ކަމަށް ބުނެފި
މޫސުން ގޯސްވެގެން ވިލިމާލެ ފެރީ ޓާމިނަލުގައި 200 އެއްހާ މީހުން ތަށިވެއްޖެއެވެ
އެތަނުގައި މީހުންތައް ތަށިވީ މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ހިދުމަތް މެދު ކަނޑާލުމުންކަމަށް އެތަނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނިގޮތުގައި ފެރީ ދަތުރުކުރާ ދޯންޏެއް އެތަނުން ނުފުރާތާ މިހާރު ގަޑިއެއްހާއިރުވެދާނެއެވެ. ނަމަވެސް އޭގެ ފަހުން އެންމެ ލޯންޗް ދަތުރެއްކޮށްފައިވާކަމަށް އޭނާ ބުންޏެވެ.twitter.com/MisbaahAbbas/s…— misbaah abbas (@MisbaahAbbas) May 15, 2013
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ