ގދ. ގައްދޫ ކައުންސިލްގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެރަށުގެ ރައްޔިތުން ނިކުމެ ގޯތި ބޭނުންވާ މީހުންނަށް ގޯތީގ އިން ވަކިކޮށްދީފި އެވެ.
އެ މަސައްކަތުގައި އުޅުނު ގައްދޫ ރައްޔިތެއް ކަމަށްވާ އިލްޔާސް ރަޝީދު ބުނީ ރައްޔިތުން ނިކުމެ ގޯތި ކަނޑަންޖެހުނީ ނުވަތަ އިން ވަކިކޮށްދިނީ ރައްޔިތުން ގޯއްޗަށް އެދި ފޯމް ހުށަހަޅެމުން އެ ފޯމްތައް ދިރާސާކޮށް ގޯތި ލިބޭ މީހުން ކަނޑައެޅުމަށްފަހު ކުއްލިއަކަށް ފޯމްތައް ބާތިލްކުރުމުން ކަމަށެވެ. އިލްޔާސް ބުނީ ގޯއްޗަށް އެދި ކުރިމަތިލި މީހުންގެ ފޯމްތައް ކައުންސިލުން ބާތިލުކޮށްލީ ގޯތި ލިބޭ މީހުންނަށް ގޯތި ދޫކުރުމަށްޓަކައި ބައެއް ސަރަހައްދު ތަކުގައި ފާހަގަތައް ވެސް ޖެހުމަށްފަހުގައި ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އަމިއްލައަށް އިއްޔެ 10 ގޯތި ކަނޑައިފިން. މިއަދު ރާނަން ފަށާނަން. ރާނަމުންދަނިކޮށް ހުއްޓާލަން ކޯޓުން އަންގައިފިއްޔާ ދެން ހުއްޓާނީ،" އިލްޔާސް ބުންޏެވެ.
އިލްޔާސް ބުނީ ރައްޔިތުން ނިކުމެ ގޯތިތަކުގެ އިން ވަކިކޮށްފައި ވަނީ ކައުންސިލުން އެކުލަވާލާފައިވާ ގައްދޫގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކަމަށެވެ. އަދި ގޯތި ތަކުގެ ސައިޒު ހުންނާނީ ބިމާއި ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްކަމަށް ވެސް އިލްޔާސް ބުންޏެވެ.
ގައްދޫ ރައްޔިތުން ނިކުމެ އަމިއްލައަށް ގޯތި ކެނޑި މައްސަލައިގައި ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް މުހއްމަދު ރިޒާން ވިދާޅުވީ ގޯއްޗަށް އެދިފައިވާ 307 ފޯމް ބާތިލްކުރީ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ޤާނޫނު އަސާސީއާއި ޚިލާފަށް އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް އަތޮޅު ކައުންސިލުން އަންގާފައިވާތީ އުސޫލުތަކަށް ބަދަލު ތަކެއް ގެންނަންޖެހޭތީ ކަމަށެވެ. އަދި ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ފަހުން ވެސް ދެ ފޯމެއް ކައުންސިލްގެ އިހްމާލުން ބަލައިގެންފައިވާތީ އެއީ ހިޔާނާތުގެ އަމަލެއް ކަމަށް އޭސީސީން ނިންމުމުން އެއީވެސް ފޯމްތައް ބާތިލްކުރަންޖެހުން ސަބަބެއް ކަމަށް ރިޒާން ވިދާޅުވިއެވެ.
އަދި ގޯތި ދޫކުރުމަށް ގައްދޫ ރަށު އޮފީހުން ކުރިން ނިންމާފައިވާ ނިންމުމަކީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ނުހޯދާ ނިންމާފައިވާ ނިންމުމެއް ކަމަށް އެ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ދިމާލަކުން ވެސް މައްސަލަތަކެއް ފާހަގަކުރުމާއި ގުޅިގެން ކައުންސިލުން މިހާރު ނިންމާފައިވަނީ އަލުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމަށް ކަމަށްވެސް ރިޒާން ވިދާޅުވިއެވެ.
"ނަމަވެސް މިގޮތަށް އަމަލުކުރަން ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބައުޅޭ. މި މައްސަލައަށް އަސްލު ހައްލެއް ހޯދުމަށް ވަރަށް އުނދަގޫވެފައި މިއޮތީ. ގޯތީގެ މައްސަލައަކީ ގައްދުއަށް ވަރަށް ބޮޑުވެފަ އޮތް މައްސަލައެއް. ވަރަށް ގިނަ މީހުން ގޯތި ބޭނުންވެފައި މިތިބީ" ރިޒާން ވިދާޅުވިއެވެ.
ގައްދޫގައި ގޯތި ދޫކުރުމުގައި މައްސަލަތަކެއް ދިމާވެފައިވާއިރު، ގޯއްޗަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ އެ ފޯމްތައް ބަލައިގަނެ އަދި ގޯތި ދޫކުރާނެ އުސޫލުތައް ކަނޑައެޅީ ކައުންސިލް އިންތިހާބުވުމުގެ ކުރިން ރަށު އޮފީސް ކުރިން ހިންގެވި ބޭފުޅުން ކަމަށްވެސް ގައްދޫ ކައުންސިލް އިދާރާއިން ބުނެއެވެ.
ގައްދޫގައި އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. މިފަހަރު ދެ ފިޔަވައްސަކަށް ބަހާލައިގެން ދޫކުރުމަށް ނިންމާފައިވަނީ 150 ގޯއްޗެވެ. ފުރަތަމަ ބުރުގައި 90 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ދޫކުރުމަށް ނިންމާފައިވަނީ 60 ގޯއްޗެވެ.
ގައްދޫގައި ގޯތި ދޫކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ގޯތި ދޫކުރުމުގައި ހިޔާނާތުގެ މައްސަލައެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ގައްދޫ ކައުންސިލަރެއްގެ މައްޗަށާއި، ގައްދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.
އދ ގެ ޢާންމު ބައްދަލުވުގައި 138 ޤައުމުން ދިން ވޯޓާއެކު ފަލަސްތީނަކީ ދައުލަތެއް ކަމަށް ގަބޫލު ކުރުމުން ހިފާފައިވާ ބިންތަކުގައި އިޒުރޭލުން ޔަހޫދީންނަށް ގެދޮރު އަޅައިދޭން ނިންމުމުން އެކަން އެގޮތަށް ނުކުރަން އެމެރިކާއިން އިޒްރޭލަށް އަންގައިފި އެވެ.
ވައިޓްހައުސްއިން ބުނީ ހުޅަނގު އައްސޭރީގައި އިޒްރޭލުން އިތުރު ގެދޮރު ބިނާ ކުރުމަށް ނިންމި ނިންމުމަކީ ބިނާކުރަނިވި ކަންކަމާއި ދެކޮޅުވެރި ޙަރަކާތެއް ކަމަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ އިޒްރޭލުގެ މިފަދަ ޢަމަލުތަކަކީ ޞުލްޙައިގެ މަޝްވަރާތަކަށް ހުރަސްތަކެއް ކަމަށެވެ.
އިޒްރޭލުގެ ދިފާޢީ ވަޒީރު ޢިހުދު ބަރަކާއި ޚާރިޖީ ވަޒީރު އެވިގްޑޯ ލީބަމަން ޙާޒިރުވެ ވަޑައިގެން ހުންނެވި ޔަހޫދީންގެ އެއްވުމެއްގައި ވޮޝިންގޓަންގައި ވާހަކަފުޅު ދައްކަވަމުން ހިލަރީ ކްލިންޓަން ވިދާޅުވީ އދ. ގައި ނެގި ވޯޓާއެކު އެންމެނަށް ވެސް މަޑުޖެހިލުމެއް ދޭންވާނެ ކަމަށާއި ހުރިހާ ދިމާއަކުންވެސް ކުރިޔަށް ދިއުމުގައި ވަރަށް ފަރުވާތެރިކަމާއެކު ވިސްނަންވާނެ ޖެހޭނެ ކަމަށެވ.
މީގެ އިތުރުން ޞުލްޙައިގެ ވާހަކަތަކަށް ފަލަސްޠީނުން އިންކާރު ކުރާ ކަމަށް އިޝާރާތް ކުރައްވައި ޞުލްޙައަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދު ކުރުމަށް އިޒްރޭލުން ކުރާ މަސައްކަތަކީ ނެތް އެއްޗެއް ކަމަށް ދޭހަވާނެހެން ވާހަކަފުޅު ދައްކަވަމުން ހިލަރީ ވިދާޅުވީ ޞުލްޙައިގެ މަޝްވަރާތަކަށް ފަލަސްޠީން ގެންދިއުމަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހިލަރީ ވިދާޅުވީ ފުރިހަމަ މިނިވަން ދައުލަތަކަށް ފަލަސްޠީން ގެންގޮސްދޭނެ ހަމަ އެކަނި މަގަކީ އިޒްރޭލާއިއެކު ކުރެވޭ މަޝްވަރާތަކުން ނެރެވޭ ނަތީޖާތަށް ކަމަށެވެ.
ހިލަރީގެ މި ވާހަކަފުޅުތަށް އައިސްފައިވަނީ ފަލަސްޠީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒު، އިޒްރޭލުގެ ދެ ވަޒީރުންނާއެކު ވޮޝިންޓަންގައި ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ގައްދޫ ރައްޔިތުން ނުކުމެ އަމިއްލައަށް 10 ގޯޗެއްގެ އިންވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ