ޣައްޒާގައި އދ. އިން ހިންގާ ސުކޫލަށް އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ ސުކޫލަށް ދިން ހަމަލާގައި 15 މީހުން ޝަހީދުވެ 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އަލްޖަޒީރާއިން ބުނީ ސުކޫލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 30 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
ޣައްޒާގެ ބައިތު ހަނޫން ގައި ހުންނަ މިސުކޫލަށް ދިން ހަމަލާގައި "އެތައް ބަޔަކު ވަނީ ޝަހީދުވެފައި" ކަމަށް އދ.ގެ އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީން ބުނެއެވެ.
އދ.ގެ ރިލީފް އެންޑް ވޯކާސް އެޖެންސީގެ ފަރާތުން ޣައްޒާގައި ހުންނަ ޑިރެކްޓަރ ރޮބަޓް ޓާނާ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސްރާއީލް ސިފައިން ސުކޫލަށް ހަމަލާދީފައި ވަނީ އެއްވެސް އިންޒާރެއް ވެސް ދިނުމަކާއި ނުލާ ކަމަށެވެ.
މިއީ އދ.ގެ ރިލީފް އެންޑް ވޯކާސް އެޖެންސީ އިން ޣައްޒާގައި ހިންގާ ސުކޫލްތަކަށް ތިން ދުވަހުގެ ތެރޭގައި އިސްރާއީލުން ދިން ހަތަރު ވަނަ ހަމަލާއެވެ.
ޣައްޒާ އަށް އިސްރާއީލުން ހަމަލާ ދެމުންދާތާ މިހާރު 17 ދުވަސް ވެފައި ވާއިރު މިހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު ވަނީ 738 އަށް ވުރެ ގިނަ ވެފައެވެ. އަދި ޒަހަމްވި ފަލަސްތީން މީހުންގެ އަދަދު ވަނީ 4620 އަރާފައެވެ.
ޣައްޒާގެ ސުކޫލަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ