ގދ. ތިނަދޫއަށް 1.4 މެގަވޯޓުގެ އިތުރު ޖަނަރޭޓަރެއް މިއަދު އަނެއްކާވެސް އެރަށަށް ގެންގޮސްފި އެވެ.
މީގެ ކުރިން މުޅި ތިނަދޫއަށް ކަރަންޓް ދިނުމަށްޓަކައި ސްޓެލްކޯ އިންނާއި އެމްޑަބްލިއުއެސްސީއިން ވަނީ އެއް މެގަވޯޓްގެ ދެ ޖަނަރޭޓަރު އެރަށަށް ގެންގޮސްފަ އެވެ. 
ތިނަދޫއަށް މިދިޔަ ހޮނިހިރު ދުވަހު ވަގުތީގޮތުން ކަރަންޓް ދޫކުރަން ފަށާފައިވަނީ މި ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. 
ތިނަދޫއަށް މިއަދު ގެންދިޔަ 1.4 މެގަވޯޓުގެ ޖަަނަރޭޓަރަކީ މިހާރު އެރަށުގައި ހިދުމަތްދެމުންދާ ދެ ޖަނަރޭޓަރަށް ލޯޑް ބޮޑު ވެދާނެތީ އެކަމަށް ހައްލެއް ގެނައުމަށް ގެންދެވުނު ޖަނަރޭޓަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ. 
ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މި ހާދިސާ ހިނގަން މެދުވެރި ގޮތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
    
    ތިނަދޫއަށް ކަރަންޓް ދިނުމަށް 1.4 މެގަވޯޓުގެ އިތުރު ޖަނަރޭޓަރެއް ގެންގޮސްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            