ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް އަންނަ މަހު ފަށަނީ

ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް އަންނަ މަހު ފަށަން ނިންމައިފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މުބާރާތް ފަށަން ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ 10 ން 18 އަށް ކަމަށެވެ. އަދި މިމުބާރާތުގެ ޤަވައިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ސްވިމިން އެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް ވެސް އެއެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތުގައި ބައިވެރިވާ ސްކޫލްތަކުން ފޯރމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރިޚަކީ އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ސުންގަޑިއަށް ކޮންމެ ސްކޫލަކުންވެސް ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔެކިޔުމެއް އަދި ސޮފްޓްކޮޕީތައް ފުރިހަމަކޮށެވެ.
މިއަހަރުގެ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ސްޕޮންސަރ ކޮށްފައިވާނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ ނިޕޯން ޕެއިންޓް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ