ސްޓާ ސިނަމާގެ ބާނީ މ. ވިލާދަށުގޭ އަބްދުﷲ ރަޝީދު މިއަދު މެންދުރު އަވަހާރަވެއްޖެ އެވެ.
އަބްދުއްރަޝީދު އުމުރުފުޅުން 83 އަހަރުގައި މިއަދު އަވަހާރަވިއިރު ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އަދި ކާފަ ވިދާޅުވާ 12 ބޭފުޅުންނާއި މުނިކާފަ ދެ ބޭފުޅުން ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އަބްދުﷲ ރަޝީދުގެ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުއާއި ކުރިން ގިނަ ފިލްމްތަކެއް ޕްރޮޑިއުސް ކުރައްވާފައިވާ އަސްލަމް ރަޝީދުއާއި ޝިހާމް ރަޝީދު އެވެ. މީގެ އިތުރުން އަބްދުﷲ ރަޝީދުގެ ބޭފުޅެއް ކަމުގައިވާ ސަލްމާ ރަޝީދު އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯގެ އިސް މަގާމެއްގައި މިހާރުވެސް މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ.
އަބްދުﷲ ރަޝީދު އަށް ކާފަ ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
އަބްދުﷲ ރަޝީދު މިއަދު އަވަހާރަވީ އާލާސްކަންފުޅާ ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށްފަހު އެވެ.
އަބްދުﷲ ރަޝީދު އަކީ އިޖުތީމާއި އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ސްޓާ ސިނަމާގެ ބާނީ އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ