ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ފަސް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދެއްވި ފަސް ބޭފުޅުންނަކީ ގ. މާވާރުލު ހަސަން ޒުހައިރު މުހައްމަދާއި، ލ. މާވަށް ނަލަމަލަ، ނަސްރުﷲ ޖަމީލްއާއި، ގ. ގޮފި ފާތިމަތު މިންހަތު އިއްޒަތު އާއި، ގދ. ހޯނޑެއްދޫ ވައިލެޓް ފެހި އައިމިނަތު ފަރީޝާގެ އިތުރުން މއ. ޕެންޒީވިލާ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު އެވެ.
މިހުރިހާ ބޭފުޅުންނަށް ވެސް ރުހުން ދެއްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ރައީސް އޮފީހުން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މަޖިލީހަށް ހުށަހެޅުއްވުމުން މިބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މިމަހުގެ 22 ވަަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.
މި ބޭފުޅުންގެ ނަންތައް ދިރާސާކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ކޮމިޓީގައި މާކްސް ލިބުނު ތަރުތީބުން ވޯޓަށް އެހުމުން ފުރަތަމަ ވޯޓަށް އެހި ފަސް ބޭފުޅުންނަށް ރުހުން ލިބުމާއި ގުޅިގެން ދެން ހުރި ނަންތަކަށް ވޯޓަކަށް އަހާފައެއް ނުވެ އެވެ.
ރުހުން ލިބުނު ފަސް ބޭފުޅުންގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި އެހެން ބޭފުޅުންނަކީ ހއ. ދިއްދޫ ޑޭޒީމާގޭ އަހްމަދު ތައުފީގުއާއި، ހއ. ތަކަންދޫ ސާދާގެ، މުހައްމަދު ހަލީމް އަބްދުﷲއާއި، ނ. މާފަރު އީޓުޖެހިގޭ އަބްދުއްސަލާމް އާރިފް، ބ. ތުޅާދޫ މާފިލާގެ އާދަމް އާތިފް މުހައްމަދާއި، ބ. ތުޅާދޫ ގުލްބަހާރުގޭ އިބްރާހީމް އަފީފްއާއި، ބ. އޭދަފުށި ޑޭޒީ ވިލާ ފަޒުނާ މުހައްމަދާއި، ދ. މީދޫ ދޭލިޔާގޭ އަލީ މުފީދު އާއި، ގދ. ތިނަދޫ ހަލަވެލި އަބްދުﷲ ހިލްމީ، ފުވައްމުލަކު ދިގުވާނޑު ގަދަކޯޅިމާގޭ އަލީ ނަބީލްއާއި، ސ. ހިތަދޫ ރީތިގަސްދޮށުގޭ މާޖިދާ މަޖުދީ އާއި، މ. ހަވީރީ ފިނި އަލީ ފާރިޝްއާއި، މ. ސަބްރާތު އަބްދުﷲ ޒުހައިރުއާއި، މއ. ވިލާ ރޮދި އިސްމާއީލް ސާޖިދުއާއި، ގ. ސޮފޫރާ މަންޒިލް މުހައްމަދު މިމްރާހް އާއި، ގ. ބަތަލާ ހުސައިން ޝަމީމް އާއި، ގ. ގޮފި ފާތިމަތު މިންހަތު އިއްޒަތު އާއި، ހ. މުރެކްސް ޔޫސުފް އުމަރު އާއި، ހ. ދޮންއަންނާރުގޭ މުހައްމަދު ރަޝީދު އަހްމަދުގެ އިތުރުން ދަފްތަރު ނަންބަރު 5295 އަހްމަދު ސާވީ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ފަސް ބޭފުޅަަކަށް ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ